ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެ ޒުވާނަކު ހޯދަން އިއުލާނު ކޮށްފި

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެ ޒުވާނަކު ހޯދަން އިއުލާނު ކޮށްފި އެވެ. ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ ދޫރެސްވިލާ، ބ. ހިތާދޫ، ޝާމިލް ޔަޢުޤޫބް (20އ) އާއި ޕެންޒީ، ބ. ހިތާދޫ، ...

12 Nov 2015 | 14:08

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެ ޒުވާނަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ ދޫރެސްވިލާ، ބ. ހިތާދޫ، ޝާމިލް ޔަޢުޤޫބް (20އ) އާއި ޕެންޒީ، ބ. ހިތާދޫ، މުޙައްމަދު ޔޫސުފް (20އ) އަކީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށެވެ.

މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް