މުލިއާގޭ ކައިރީގައި ބޮން ހަރުކުރި މައްސަލައިގާ ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

މި ހިނގާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު، މުލިއާގޭ ސަރަހައްދުގައި އޮތް ޕިކަޕެއްގައި އައިއީޑީއެއް ހަރުކުރި މައްސަލައިގާ އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ދުވަހަށް މައ...

12 Nov 2015 | 11:21

މި ހިނގާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު، މުލިއާގޭ ސަރަހައްދުގައި އޮތް ޕިކަޕެއްގައި އައިއީޑީއެއް ހަރުކުރި މައްސަލައިގާ އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހައްޔަރުކުރި ހަތަރުމިހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައި ވާކަމަށެވެ.

އައިއީޑީ މައްސަލައިގާ އިއްޔެ ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގާ މީގެ ކުރިން ދެމީހަކު ވެސް ހައްޔަރުކޮށްފައި ވާކަމަށް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް