ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
އެކަން އެ އޮފީހުން އާންމުކޮށްފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާ ކަމަށެވެ.
އެ މަގާމު ހުސްވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގުރޭ ރައްޔިތުންގެ މަޖިލީހުގައި ނެގި ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓާ އެކީގަ އެވެ.
ގާނޫނު އަސާސީގައި ވާގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް