އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގެ ޖުމްލަ އަދަދަކީ 27.457 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ޓް އެކުލަވާލާފައި ވަނީ ކޮންމެ ރަށަކަށް ކޮންމެ ރައްޔިތަކަށް އުފާވެރި މުސްތަގުބަލަކަށް ގެނައުމުގެ ތަރަހައިގެ ތެރޭގައި، މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.
ޖިހާދު ވިދާޅުވީ އަންނަ އަހަރު ކަރަންޓް އެކައުންޓް ދަރަނީގެ މިންވަރު ކަމަށް ލަފާކުރެވޭނީ 400 މިލިއަން ޑޮލަރު ކަމަށާއި މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ކަމަށް ލަފާކުރެވެނީ 590 މިލިއަން ޑޮލަރު ކަމަށެވެ. އަދި އަންނަ އަހަރު ލަފާކުރެވެނީ 644 މިލިއަން ޑޮލަރު ކަމަށެވެ.
"އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 27 ބިލިއަން ރުފިޔާ، ރިކަރަންޓް ހަރަދަކީ 16.2 ބިލިއަން ރުފިޔާ، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތަށް 10 ޕަސެންޓް ހަރަދު ކުރާނެ، ބަޖެޓްގެ 41 ޕަސެންޓަކީ ކެޕިޓަލް ހަރަދު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނީ 28.7 ބިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ޑެފިސިޓަކީ 3.4 ބިލިއަން ރުފިޔާ" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަނީ އިޖުތިމާއީ ތަރައްގީއަށް. އޭގެ ފަހުން އިގުތިސޯދަށް ކަމަށެވެ. މިގޮތުން އިސްލާމިކް ޔުނިވަސިޓީ ތަރައްގީ ކުރުމަށް އިސްކަން ދީފައިވާނެ ކަމަށާއި މިސްކިތްތައް އިމާރާތް ކުރުމަށް 45 މަޝްރޫއެއް ހިމަނާފައިވާނެ ކަމަށާއި ބަޖެޓްގެ 16 ޕަސެންޓް ހަރަދުކުރަނީ ތައުލީމީ ދާއިރާއަށް ކަމަށް އަދި މިއީ މި އަހަރަށް ވުރެ އަށް ޕަސެންޓް އިތުރު އަދަދެއް ކަމަށް ޖިހާދު ވިދާޅުވި އެވެ.
" ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާ އަށް 3.6 ބިލިއަން ރުފިޔާ ހޭދަކުރާނެ، މިއީ މި އަހަރާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް، މްރާނީ ތަރައްގީ އާއި އިގުތިސޯދީ ތަރައްގީއަށް 4.6 ބިލިއަން ރުފިޔާ ހަރަދުކުރާނެ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 147 މިލިއަން ރުފިޔާ ހިމަނާފައިވާނެ، ފަތުރުވެރިކަމުގެ ދާއިރާއަށް 174 މިލިއަން ރުފިޔާ ހިމަނާފައިވާނެ" ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީކުރަން 298 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި ވާނުން ހަރުދަނާ ބަޔަކަށް ހެދުމަށް 378 މިލިއަން ރުފިޔާ ޔޫތް މިނިސްޓްރީއަށް ހަމަޖައްސައިދީފައި ވާނެ ކަމަށެވެ. އަދި ޒުވާނުންގެ ސިޓީ ތަރައްގީ ކުރުމަށް 521 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
ޕީއެސްއައިޕީއަށް އަންނަ އަހަރަށް ހުށަހަޅާފައިވާ އަދަދަކީ 9.1 ބިލިއަން ރުފިޔާ ކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ބަޖެޓުގެ 33 ޕަސެންޓް ކަމަށެވެ. ޕީއެސްއައިޕީ މަޝްރޫއަތައް އެކުލަވާލުމުގައި ބެއްލެވީ މިހާރު ހިނގާ މަޝްރޫއުތައް އަވަހަށް ނިންމުމާއި އަލަށް ފަށާ މަޝްރޫއުތަކުން އިގުތިސޯދަށް ކުރިއެރުން ގެނެސްދިނުމާއި ރައްޔިތުންނަށް އުފާވެރިކަން ހޯދުމަށް ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ބިން ހިއްކުމާއި މަގު ހެދުމަށް ހުށަހަޅާފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އެގޮތުން ނުވަ ރަށެއްގެ ބިން ބޮޑު ކުރުން ކުރިއަށް ގެންދާނެ ކަމަށާއި 29 ރަށެއްގެ މަގު ހެދުން ކުރިއަށް ގެންދާނެ ކަމަށް އަދި ފެނާއި ނަރުދަމާގެ 96 މަޝްރޫއެއް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ބަޖެޓް ހުށަހަޅުއްވަމުން ޖިހާދު އިތުރަށް ވިދާޅުވީ ރަށްރަށުގައި ކުޅިވަރު އެރީނާތައް ގާއިމް ކުރުމަށް 158 މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށާއި ގައުމީ ސަލާމަތަށް 598 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ހިމެނިފައި ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް