ނެރުނު ޔެލޯ އެލާޓް، ވައިޓް އެލާޓަށް ބަދަލުކޮށްފި

މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން މެދު ރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ނެރުނު ޔެލޯ އެލާޓް ވައިޓް އެލާޓަށް ބަދަލު ކޮށްފި އެވެ. ރޭ ދަންވަރު 3:30 އިން މިއަދު ހ...

12 Nov 2015 | 03:38

މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން މެދު ރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ނެރުނު ޔެލޯ އެލާޓް ވައިޓް އެލާޓަށް ބަދަލު ކޮށްފި އެވެ.

ރޭ ދަންވަރު 3:30 އިން މިއަދު ހެނދުނު 7:30 އަށް ނެރުނު ޔެލޯ އެލާޓްގައި ބުނެފައި ވަނީ މެދު ރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރު ނެރެފައިވާ ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 7:45 އިން މެންދުރު 1:45 އާއި ހަމައަށެވެ. މި އެލާޓްގައި ބުނެފައިވަނީ މި ވިއްސާރައިގާ މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމުގައިވެސް ލަފާ ކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް