މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
މާލެއަށް ރޭ ވާރޭ ވެހެން ފަށާފައިވަނީ 1:30 ހާއިރު އެވެ. 4:30 ވީ އިރުވެސް ވާރޭ ހުއްޓާފައެއް ނުވެ ވެ. ފެންބޮޑުވެފައިވާ މަގުތަކަށް ބަލާއިރު އެންމެ ބޮޑަށް ފެންބޮޑުވެފައިވާކަމަށް ލަފާ ކުރެވެނީ އަމީނީ މަގުގަ އެވެ. ދެން، ކަނބާ އައިސާރަނި ހިނގުމުގަ އެވެ. މި ދެމަގަކީވެސް ގިނަ ސްކޫލުތަކެއް ހުންނަ ދެ މަގަށްވާއިރު ދަރިވަރުން ސްކޫލަށް ދިއުމުގައި މިއަދު ކޮންމެވެސް ވަރަކަށް ދަތިވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާއިރު މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ރޭ ދަންވަރު 3:30 އިން ފެށިގެން މިއަދު ހެނދުނު 7:30 އަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަ ވާނެކަމަށް ލަފަ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް