މެދު ރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނި މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް މެދުކެނޑުމެއްނެތި ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމުގައި ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމުގައި ލަފާ ކުރާ ކަމަށްވެސް ޔެލޯ އެލާޓްގައި ވެ އެވެ.
މި އެލާޓް ނެރެފައިވަނީ ރޭ ދަންވަރު 3:30 އިން ފެށިގެން މިއަދު ހެނދުނު 7:30 އަށެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު ރޭ ކުރި ވިއްސާރައިގާ ގއ ވިލިނގިލީ ގެއެއްގެ ފުރާޅު އެއްލާލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް