ޑިފެންސް މިނިސްޓަރުގެ ދެ ކަނބަލުން، ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބައްލަވާލައްވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސިފައިން ކުރިއަށްގެންދިޔަ މިއުޒިކަލް ޑްރިލް ޑިސްޕްލޭ، ޑިފެންސް މިނިސްޓަރުގެ ދެ ކަނބަލުން ބައްދަލަވާލައްވައިފި އެވެ. މި ޑިސްޕްލޭ އިއްޔެގެ ދެ ވަގުތެއްގައްޔާއި...

12 Nov 2015 | 01:08

ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސިފައިން ކުރިއަށްގެންދިޔަ މިއުޒިކަލް ޑްރިލް ޑިސްޕްލޭ، ޑިފެންސް މިނިސްޓަރުގެ ދެ ކަނބަލުން ބައްދަލަވާލައްވައިފި އެވެ.

މި ޑިސްޕްލޭ އިއްޔެގެ ދެ ވަގުތެއްގައްޔާއި ރޭގެ ވަގުތެއްގައި ޖުމްހޫރީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާއިރު ޑިފެންސް މިނިސްޓަރުގެ ދެ ކަނބަލުން ބައްލަވައިލެއްވީ ރޭ 8:30ގައި ކުރިއަށް ދިޔަ ޑިސްޕްލޭ އެވެ.

އެމްއެންޑީއެފުން ބުނީ ރޭ 20:30 ގައި ޖުމްހޫރީ ބިނާ ސަރަހައްދުގައި ބޭއްވި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ފައްޓާފައި ވަނީ ޑިސްޕްލޭ ކޮމާންޑަރ ޑިފެސްން މިނިސްޓަރަށް ރިޕޯޓްކުރުމުން ކަމަށެވެ. އަދި ޑިސްޕްލޭ ނިންމާލުމުގެ ގޮތުން ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފަށް ވަނީ ރަސްމީ ކުރުނީސްއެއް އަރުވާފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް