އެއާޕޯޓުން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަތިންދާބޯޓުތަކަށް ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފި އެވެ. އައިއެންއައިއޭ ހިންގާ މޯލްޑިްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ ތެލުގެ އަގު ހެޔޮ ކު...

12 Nov 2014 | 12:32

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަތިންދާބޯޓުތަކަށް ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮ ކޮށްފި އެވެ.

އައިއެންއައިއޭ ހިންގާ މޯލްޑިްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ ތެލުގެ އަގު ހެޔޮ ކުރީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މި ގެނައި ބަދަލާއި އެކު މިހާރު އެ ކުންފުނިން ބޭރުގެ އެއާލައިންތަކަށް ތެޔޮ ލީޓަރެއް ވިއްކަނީ 14.27 ރުފިޔާ އަށެވެ. އަދި ރާއްޖޭގެ އެއާލައިންތަކަށް ތެޔޮ ލީޓަރެއް ވިއްކަނީ 14.08 ރުފިޔާއަށެވެ.

މިއަހަރު ފެށުނީންސުރެ ތެލުގެ އަގު ހެޔޮވަމުން ދިއުމާއި ގުޅިގެން މީގެ ކުރިން އެމްއޭސީއެލްއިން ވަނީ ތިން ފަހަރު ތެލުގެ އަގު ހެޔޮކޮށްފައި އެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު މަހު ވަނީ ތެލުގެ އަގު ހެޔޮކޮށްފައި އެވެ.

އެންމެ ފަހުން އެއާލައިންތަކަށް އެ ކުންފުނިން ތެޔޮ ލީޓަރެއް ވިއްކާފައިވަނީ15.88 ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް