ސިޓީ ކައުންސިލުން ދޭ ބައެއް ހުއްދަތައް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލުން ދޫކުރަމުން ދިޔަ ބައެއް ހުއްދަތައް މިނިސްޓްަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ބަދަލުކޮށްފި އެވެ. އިކޮނިމިކް މިނިސްޓްރީން ބުނީ ނައިޓް މާކެޓް ބޭއްވުމަށް ދޫކުރާ ހުއްދައާއި ކާނިވަލ...

12 Nov 2014 | 10:24

މާލޭ ސިޓީ ކައުންސިލުން ދޫކުރަމުން ދިޔަ ބައެއް ހުއްދަތައް މިނިސްޓްަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ބަދަލުކޮށްފި އެވެ.

އިކޮނިމިކް މިނިސްޓްރީން ބުނީ ނައިޓް މާކެޓް ބޭއްވުމަށް ދޫކުރާ ހުއްދައާއި ކާނިވަލާއި، ފަންފެއާ އާއި ޕްރޮމޯޝަން ފެއާ ތައް ބޭއްވުމުގެ ހުއްދަ ދެން ދޫކުރާނީ އެ މިނިސްޓްރީން ކަމަށެވެ. އަދި މިކަންކަން ކުރުމަށް ހުއްދައަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

މީގެ ތެރެއިން ނައިޓް މާކެޓަކީ ސިޓީ ކައުންސިލުން ގޯމީޑިއާއާއި އެކު އެއްބަސްވުމެއް ވެގެން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ އެކެވެ.

ސިޓީ ކައުންސިލުން ދޫކުރާ މި ހުއްދަތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއްކަންކަން ނެގެމުންދާ ދުވަސް ވަރެއްގައި އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާލޭގެ ހުރިހާ މަގުތަކެއް ހައުސިންގ މިނިސްޓްރީއަށް ނަގާފައި އެވެ. އަދި މީގެ ކުރިން ވަނީ މާލޭގެ ބޮޑެތި ހުސްބިންތައްވެސް ސިޓީ ކައުންސިލްގެ ކިބައިން ނަގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް