ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމަށް ގެންނަން ނިންމާފައިވާ ޑޯގް ސްކޮޑަށް "ފާރަ ގެމަ"އިގެ ނަން ދީފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުއްތާ ސްކޮޑަށް ކިޔަން ފާސް ކުރި ދިވެހި ނަމަކީ "ފާރަ ގެމަ" ކަމަށެވެ. އުމަރު ވިދާޅުވެފައިވަނީ "ފާރަ" އަކީ ކުއްތާ އަށް ކުރީޒަމާނުގައި ކިޔާ ދިވެހި ނަމެއް ކަމަށެވެ. އަދި "ގެމަ" ގެ މާނަ އަކީ ސްކޮޑް ކަމަށް ދިވެހި ބަހުގެ ތަޖުރިބާކާރުން ބުނާ ކަމަށެއެވެ.
https://twitter.com/UmarNaseerPPM/status/532421726072619008
މިދިޔަ ހަފްތާގައި އުމަރު ވިދާޅުވީ އަންނަ އަހަރު ފެށެންވާއިރަށް ރާޢްޖޭގައި ޑޯގް ސްކޯޑް އޮންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
ރާއްޖެ އަށް ބޭނުންވާ 15 ކުއްތާ ހޯދަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އަދި އެ ބަޖެޓު ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ބުންޏެވެ.
ޑޯގް ސްކޮޑް ގެންގުޅުމުގައި ތަޖުރިބާ ހުރި ފަރާތްތައް ބޭނުން ކުރުމުގެ ގޮތުންނެދަލޭންޑްސްގައި މިހާރު ދަނީ ފުލުހުން ތަމްރީން ހޯދަމުންނެވެ. ޑޯގް ސްކޮޑްގައި 16 ފުލުހުން ތިބޭނެ އެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް