ގދ. މަޑަވެއްޔަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ފުރައިގެން މަޑަވެއްޔަށް އައި ބޯޓެއްގެ ފާޚާނާ ތެރޭގައި ރައްކާކޮށްފައިވަނިކޮށް މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ 15:10 ހާއިރު ކަމަށެވެ.
މި ބޯޓުގެ ފާޚާނާ ތެރެ ބަލައިފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް