ކޮނޑޭ އަދި މަޑުއްވަރީ ބައި އިލެކްޝަންގައި ވާދަކުރަން ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ގއ. ކޮނޑޭ އަދި މ. މަޑުއްވަރީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ ޓިކެޓަށް އެދ...

12 Nov 2014 | 07:26

ގއ. ކޮނޑޭ އަދި މ. މަޑުއްވަރީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ އެފުރުސަތު ހުޅުވާލައިފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން މާދަމާގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެޕާޓީން  ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ، ޕްރައިމަރީ ބާއްވާނީ ހޮނިހިރު ދުވަހު ކަމަށް ޕީޕީއެމުން ބުނެފައި ވެ އެވެ.

ކޮނޑޭ އަދި މަޑުއްވަރީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް