އޮޑިޓާ ޖެނެރަލްގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރަން މަޖިލީހަށް އަލުން ނަން ފޮނުވަން ޖެހޭގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ...

12 Nov 2014 | 05:52

އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރަން މަޖިލީހަށް އަލުން ނަން ފޮނުވަން ޖެހޭގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ކުރިމަތި ލައްވައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ރައިސް އޮފީހުގް ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ކުރިމަތި ލެއްވީ ހަތަރު ބޭފުޅުން ކަމަށާއި އެއީ ހަތަރު ފިރިހެން ބޭފުޅުން ކަމަށެވެ. އަދި މިހާރު އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވެމުން ދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށްވެސް މުއާޒް ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިއަށް ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޮޑިޓާ ޖެނެރަލްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައި ވާއިރު އެ މަގާމުގައި މިހާރު ހުންނެވި ނިޔާޒް އިބްރާހީމް ކުރިމަތިލައްވާފައެއް ނުވެއެވެ.

އޮޑިޓް ގާނޫނަށް ގެނައި ބަދަލުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުއްވަން ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް