އިނގެރޭސި ޕްރިމިއަރލީގު: ޓޮޓެންހަމް އަދި އެސްޓޮންވިލާ ޖޫރިމަނާކޮށްފި

އިނގެރޭސި އެފްއޭއިން ޓޮޓެންހަމް އަދި އެސްޓޮންވިލާ ޖޫރިމަނާކޮށްފިއެވެ. ޓޮޓެންހަމް އަދި އެސްޓޮންވިލާ އިނގެރޭސި ޕްރިމިއަރލީގުގައި މިމަހުގެ 2 ވަނަ ދުވަހު ކުޅުނު މެޗުގައި ހިނގި ކުޅިވަރުގެ ރޫހާއި ޚިލާފް އަމ...

12 Nov 2014 | 05:07

އިނގެރޭސި އެފްއޭއިން ޓޮޓެންހަމް އަދި އެސްޓޮންވިލާ ޖޫރިމަނާކޮށްފިއެވެ.

ޓޮޓެންހަމް އަދި އެސްޓޮންވިލާ އިނގެރޭސި ޕްރިމިއަރލީގުގައި މިމަހުގެ 2 ވަނަ ދުވަހު ކުޅުނު މެޗުގައި ހިނގި ކުޅިވަރުގެ ރޫހާއި ޚިލާފް އަމަލުތަކުގެ ސަބަބުން 2 ޓީމުވެސް ޖޫރިމަނާކޮށްފައިވަނީ 20،000 ޕައުންޑުންނެވެ.

އިނގެރޭސި އެފްއޭއިން ބުނެފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައި ދެޓީމުގެ ކުޅުންތެރިންވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ ގަޔަތް އަތްލާ ނާތަހުޒީބީ އަމަލުތަކެއް ހިންގާފައިވާކަމަށެވެ.  ދެޓީމުވެސް ޖޫރިމަނާކޮށްފައިވަނީ ކުޅުންތެރިން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ.

މިމެޗުގައި އެސްޓޮންވިލާގެ ބެންޓެކޭއަށްވަނީ ރަތްކާޑު ދައްކާފައެވެ. މި ދެޓީމުންވެސްވަނީ އެފްއޭގެ ޖޫރިމަނާ ގަބޫލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް