N/A
މަގުތަކުގައި ރައްޔިތުންނަށް ނުރައްކާވާ ފަދައިން ތަކުރާރުކޮށް އުޅަނދު ދުއްވި 22 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދީފިއެވެ.
ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކުރާ ފަރާތްތައް ފާހަގަކޮށް، އެ މީހުން ހާޒިރުކޮށް ނަސޭހަތް ދިނުމަށް ފުލުހުން ފެށި މަސައްކަތުގެ ތެރެއިން މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ ފަރާތަކީ މި މީހާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
އެ މީހާގެ ރެކޯޑުތަކަށް ބަލާއިރު، ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމުގެ އިތުރުން މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނެއެވެ. ހަމައެއާއެކު، އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވައިފައިވާ ކަންވެސް ރެކޯޑުތަކުން ފާހަގަވެފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން، މި ބާވަތުގެ ކުށްތައް ތަކުރާރުކުރާ އެހެން ފަރާތްތައްވެސް ދެނެގަނެ ހާޒިރުކޮށް ނަސޭހަތް ދިނުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް