އަތުލައިގަތް ބައެއް ތަކެތި - ފޮޓޯ: ޕީއެސްއެމް
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކާ އެކު ދެ ބިދޭސީއަކު ރޭ ފެށި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި އިންޓެލިޖެންސް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް އެ ގޭގެ ފުރަތަމަ ފްލޯ އާއި ފަސް ވަނަ ފްލޯ ފާސްކޮށްފައިވެއެވެ. ބަނގުރާ ކޭސްތައް ފެނުނީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އައި ކަމަށް ބެލެވޭ ތަނެއްގެ ތެރެއިންނެވެ. އެ ތަނުގައި ޕްރިންޓަރާއި އިދާރީ ބޭނުންތަކަށް ބޭނުންކުރާ އެހެން ސާމާނު ވެސް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނޫސްވެރިންނަށް އެ ސަރަހައްދުގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބަނގުރަލުގެ މައްސަލައެއްގައި މާދޫގެ ބަލައިފާސްކުރީ ފުރަތަމަ ފަހަރަށް ކަމަށާއި، އެ ތަނުން ވަރަށް ގިނަ ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ ވިޔަފާރީގައި ޝާމިލުވެ އުޅޭ ފަރާތްތައް ވެސް ދެނެގަނެވިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުން ވަނީ އަތުލައިގަތް ބަނގުރާގެ ބާވަތްތައް ބެލުމަށް ނޫސްވެރިން އެ ތަނަށް ވައްދައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް