އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު އަހްމަދު ސޮފްވާން - މިހާރު ފޮޓޯ: ނިޝާން އަލީ
ޤައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން
އަހްމަދު މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ސޮފްވާންގެ
މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެއެވެ. އެހެންނަމަވެސް އެކަމާއި ގުޅޭގޮތުން
ސާފު ޖަވާބެއް ދޭކަށް ވޮލީބޯލް އެސޯސިއޭޝަނުން ބޭނުމެއް ނުވެއެވެ.
ދުވަހަށް މަޢުލޫމާތުދެއްވަމުން ވޮލީބޯލް އެސޯސިއޭޝަންގެ
ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އެ އެސޯސިއޭޝަނަކީ ޖިނާޢީ ތަހުޤީޤުކުރާ ތަނެއް
ނޫން ކަމަށާއި އެ ދެކެވޭ ތުހުމަތުތަކާއިމެދު ކޮމެންޓެއް ނެތް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކޯޗު އަދި ވަކިވެސް
ނުކުރާކަމަށާއި އިންޓާނަލް ކަމެއް އުޅޭތީ އެހެން ކޯޗަކު ލައިގެން ކުރިއަށް ގެންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް