ސިނގިރޭޓު ވިއްކުމުގެ ވަގު ވިޔަފާރީގައި އުޅެނިކޮށް ސައްދާމް ހޮސައިން ހައްޔަރު

ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ އަދަދެއްގެ ސާމާނާ ގިނަ އަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން އެމްޑީ ސައްދާމް ހޮސެއިން ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނެފައިވަނީ މިއ...

12 Sep 2025 | 18:00
ސައްދާމް ހޮސައިން - ފޮޓޯ: ޕޮލިސް

ސައްދާމް ހޮސައިން - ފޮޓޯ: ޕޮލިސް

ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ އަދަދެއްގެ

ސާމާނާ ގިނަ އަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން އެމްޑީ ސައްދާމް ހޮސެއިން

ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން

ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކަންނެލި ޖެޓީ

ކައިރީގައި އިން މީހަކަށް ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން، ޢަމަލުތައް

ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.

"އެމީހާއާއި އެމީހާ ގެންގުޅުނު ތަކެތި ބަލައި

ފާސްކުރި އިރު ގިނަ ޢަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު

ފިލްޓަރު އަދި ރިޒްލާ ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އަދި އެއާއެކު ޖުމުލަ 53 ހާހަށްވުރެ ގިނަ ދިވެހި

ރުފިޔާ އާއި ސިނގިރޭޓު އަނބުރަން ބޭނުންކުރާ "ބޮކްސް" އެއްވެސް ފެނުނު

ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް ސިނގިރޭޓު

ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް

ގެންގޮސްފައިވާކަމަށާއި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ

އުމުރުން 32 އަހަރުގެ އެމްޑީ ސައްދާމް ހޮސައިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް