ބަނގުރަލާއި ފައިސާއާއެކު މޮނު ހައުލޭޑަރާއި ސަކީބް މިއާ ހައްޔަރު

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ...

12 Sep 2025 | 12:31
މޮނު ހައުލޭޑަރާއި ސަކީބް މިއާ - ފޮޓޯ: ޕޮލިސް

މޮނު ހައުލޭޑަރާއި ސަކީބް މިއާ - ފޮޓޯ: ޕޮލިސް

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ

ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި

މިދިޔަ ބުދަ ދުވަހުގައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ

(47އ) އާއި ސަކީބް މިއާ (25އ) އެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުންނެވެ.

މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުން

ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ

ބަލައިފާސްކުރިއިރު 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ

9000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި

ސައިކަލު ވަނީ ޓޯކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް