ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނެކަމެއް: ޚުޠުބާ

އަދުގެ ތާރީޚުކަމުގައިވާ 12 ސެޕްޓެމްބަރު 2025 ވީ މި ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގެ މައުލޫއަކީ "ނަމާދުގައި ޚުޝޫޢަތްތެރިވުން" މި މައުލޫއެވެ. މި މައުލޫގެ ދަށުން މިއަދުގެ ޚުޠުބާގައި ބުނެދިނީ ނަމާދުގައި ޚު...

12 Sep 2025 | 06:48
އިސްލާމީ މަރުކަޒުގައި ނަމާދެއް ކުރެވެމުންދިޔަ ވަގުތު: އާކައިވް ފޮޓޯ: ދުވަސް

އިސްލާމީ މަރުކަޒުގައި ނަމާދެއް ކުރެވެމުންދިޔަ ވަގުތު: އާކައިވް ފޮޓޯ: ދުވަސް

އަދުގެ ތާރީޚުކަމުގައިވާ 12 ސެޕްޓެމްބަރު 2025 ވީ

މި ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގެ މައުލޫއަކީ "ނަމާދުގައި ޚުޝޫޢަތްތެރިވުން"

މި މައުލޫއެވެ.

މި މައުލޫގެ ދަށުން މިއަދުގެ ޚުޠުބާގައި ބުނެދިނީ

ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ކުރެވިދާނޭ އެތައް އެތައް ކަމެއްގެ ވާހަކައެވެ.

ޚުޠުބާ ފަށާފައިވަނީ އީމާންވުމަށް ފަހު، އަޅާގެ މައްޗަށް

އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމާއި ނަމާދަކީ ދީނުގެ ތަނބު ކަމާއި ޤިޔާމަތްދުވަހު

ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން

ނުހަނު މުހިންމު ކަމާއި އަދި ހަމަ އެހެންމެ އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް

ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީކަން ފާހަގަކުރަމުންނެވެ.

"މުސްލިމު އަޅާ، ފަރުޟު ފަސް

ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި،

މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި،

ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް

ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެ، ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ

ބިރުވެތިވާ މީހުން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާ

އެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ

އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެއުވެ، ޞާލިޙުވާކަމާއި ނުބައި ކަންތަކާއި،

މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދޭކަން

ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި އިރުޝާދު ދެއްވާފައިވަނީ ނަމާދުގައި މަޑުމައިތިރިވެ

ޚުޝޫޢަތްތެރިވުމަށެވެ. މާތް اللّٰهއަށް ބިރުވެތިވުމަށެވެ. އެ ކަމަށް ޓަކައި ކުރެވިދާނެ ކަންތައްތަކެއް ހުރިކަން

ފާހަގަކޮށް ނަސޭޙަތްތެރިވެފައިވަނީ ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި

ހެދުމަށާއި އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށް ނުހެދުމަށެވެ. ނަމާދަކީ

އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ

އަޅުކަމަކަށްހެދުމަށެވެ. އަދި ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ

اللّٰهއާ މުނާޖާދަންނަވާންކަން ހަނދުމަކުރުމަށެވެ.

"ނަމާދުގައި ޚުޝޫޢަތްތެރިވާށެވެ! މަޑުމޮޅިވާށެވެ!

މަޑުމައިތިރިވާށެވެ! ފޭރާން ކޮށިކޮށް، އިސްތަށިގަނޑު ރީތިކޮށް، މާގިނައިން ތަންތަން

ކަހައިނޫޅޭށެވެ! ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި

ކިޔާ ތަކެތި އަޑުހަރުކޮށް ނުކިޔާށެވެ! ޖަމާޢަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި

އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް

އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުން،  ނަމާދުގައި އިޙްސާންތެރިވާށެވެ! އެއީ ތިމާއަށް މާތް

اللّٰه ފެންނާން ނެތަސް، އެ ކަލާނގެ ތިމާގެ ޢަމަލުތައް

ދެކެދެނެވޮޑިގެންވާކަން ޤަބޫލުކުރާ ޙާލުގައި، ނަމާދުކުރުން، އޭރުން ބޭކާރު ޙަރަކާތްތަކާއި،

ނަމާދުން ބޭރު ޚިޔާލުތައް، ހިތަށް ވަންނަ މިންވަރު ކުޑަވާނެ" ޚުޠުބާގައި

ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ނަސޭޙަތްތެރިވެފައިވަނީ ނަމާދަށް ފެށުމުގެ

ކުރީން، މޯބައިލް ފޯނުތައް ނިންވައިލުމަށެވެ.  އެއީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ

ކަމެއްކަން ފާހަގަކުރަމުން ބުނެފައިވަނީ ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ

ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެއް ކަމަށެވެ. ނަމާދަށް

ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެ ކަމެއްކަން

ފާހަގަކޮށްފައިވެއެވެ. އަދި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމަށާއި ސޫރަތުލްފާތިޙާއާއި

ކުރުސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޛިކުރުތަކާއި ދުޢާތަކުގެ މާނަ ދަސްކޮށް

ނަމާދަށް ހުންނައިރު، ކިޔަވާ ސޫރަތްތަކާއި ކިޔާ ތަކެތީގެ މާނަ ހިތަށް ގެނައުމަށް ޚިޔާލު

ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް