ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަނީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކަމަށް ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނޫތައް އިސްލާހު ކުރަނީ ސްރީ ލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
އަހުމަދު ޝަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ގާނޫނު ފާސްކުމަކީ ހެޔޮވާވަރު ކަމެއް ނޫން ކަމަށާއި، އެކަމަކީ އައިސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާއާއި ހިލާފު ކަމެއް ކަމަށެވެ.
އެ ޓްވީޓެއަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖިނާއީ އަދުލުގެ ގާނޫނުތަކަކީ ކުށެއްކުރުމުން ދައުލަތުން ދޭ ރައްދު ކަމުގައެވެ. މި ގާނޫނުތައް މި ހެދެނީ ލަންކާގައި ހިނިގި ބޮން ގޮއްވުމުގެ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ހިނަ ގައުމުތަކުގެ ޓެރަރިޒަމް ގާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑު ކިޔާ ކަމުގައެވެ.
https://twitter.com/MariyaDidi/status/1171968748124663808
ޓެރަރިޒަމްގެ ބިލަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވާގޮތުގައި، ޓެރަރިޒަމްގެ ކުށް ކުރާ މީހުން ކޯޓު އަމުރަކާއި ނުލައި ފުލުހުންނަށް ހައްޔަރުކުރެވޭނެ ކަމަށާއި، އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވެން ވާނެއެވެ. އަދި މީހަކު ހައްޔަރުކުރަން ވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައެވެ.
މީގެ އިތުރުން، ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލައި، ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރުމަކީ ވެސް ކުށެއް ކަމަށް އެ ބިލުގައި ވެއެވެ. އަދި ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުމަކީ ވެސް ޤާނޫނީ ކުށެއް ކަމަށް ބިލުގައި ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް