ގާސިމް އިބްރާހިމަށް ގައުމުގެ ވެރިކަން ލިބުން މާ ލަސްވެސް ވެއްޖެކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
ޑރ. ވަހީދު މިހެން ވިދާޅުވީ މާމިގިލީގައި ޖޭޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ބަތޮލަކީ، އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއް އުފައްދަން އިސް ނެންގެވި ފަރާތަކީވެސް ގާސިމް އިބްރާހިމް ކަމަށެވެ.
"އަޅުގަނޑު މަގުމަތިވިއްޔާ ޕީޕީއެމްގެ 40 ހާސް މެންބަރުންވެސް އެ ތިބީ މަގުމަތިވެފަ" ޑރ. ވަހީދު ވިދާޅުވިއެވެ.
މިހާރު އެ ހުންނެވީ އެކުވެރިއެއްގެ ގާތުގައިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ޕީޕީއެމްގެ ކެނޑިޑޭޓަކު ނެތް ތާނގައި ޕިންކު ކުލަވެސް ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުން ގާސިމަށް ތާއީދު ކޮށްދިނުމަށްވެސް ޑރ. ވަހީދު ދެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް