ހުޅުމާލޭގައި ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް - ދެ ފުލުހަކަށް އަނިޔާވި

16 Oct 2026 | 09:33
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ މަންޒަރު -

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ މަންޒަރު -

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކަކުންކުރެ އެއް ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ރީތިގަސްމަގު އަމީން އެވެނިއު ކަންމަތީގައި ދެ ފުލުހަކު އެއް ފުލުހަކު އަނެއް ފުލުހެއްގެ ގައި މައްޗަށް ވާހެން ހުރަހަށް ވެއްޓިފައި ތިއްބައެވެ. އަނެއް ވީޑިއޯއިން ފެންނަނީ ފުލުހަކު އެމްބިއުލާންސަށް އަރުވާ މަންޒަރެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ކާރަކީ ރީތިގަސްމަގުން ދުއްވާފައިދިޔަ ކާރެއް ކަމަށާއި ފުލުުހުންގެ ސައިކަލު ނިކުތީ ގޯޅިއަކުން ކަމަށެވެ. އެކްސިޑެންޓްގައި ދެ ފުލުހަކަށް އަނިޔާ ލިބުނު ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް