ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބ. އިން ތ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު

16 Oct 2026 | 05:27
މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި މަގުމަތީގައި ބަޔަކު -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި މަގުމަތީގައި ބަޔަކު -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 9:30 ން މެންދުރު 1:00 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. ނަމަވެސް ވަޔާއި ކަނޑު މަޑުވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އޮތީ މެންދުރު ފަހު 2:00 އާއި ހަމައަށް ވައިޓް އެލާޓު ނެރެފައި އެވެ. އެ ސަރަހައްދުތަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބުނެ އެވެ.

މެޓުން ލަފާ ކުރާގޮތުގައި މިހަފްތާގައި ކުރަމުންދާ ވިއްސާރަ އަލިވާނީ އަންނަ ހަފްތާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް