ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ހިމެނޭހެން ބައެއް ފަރާތްތަކުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
މި ބޭފުޅުން ޖޭޕީއަށް ސޮއިކުރުން ކުރިއަށް ގެންގޮސްފައި ވަނި މިހާރު އދ. މާމިގިލީގައި ކުރިއަށް ގެންދާ ޖޭޕީގެ ކެމްޕޭން ޖަލްސާގައެވެ.
ޑރ ވަހީދު ޖޭޕީއާ ގުޅުމަށް މާމިގިއްޔަށް ވަޑައިގަތީ އިއްޔެއެވެ.
މާމިގިލިން ޑރ.ވަހީދަށް މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމެވެ.
ޑރ.ވަހީދު މާމިގިއްޔަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ޑރ.ވަހީދު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.
ޑރ. ވަހީދު ރޭ ގާސިމް އަރިހަށް ޒިޔާރަތްކުރައްވާފައިވާއިރު ޑރ. ވަހީދު މިރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ.
ޑރ. ވަހީދު ރޭގެ ވަގުތެއްގައި ޕީޕީއެމުން ވަކިވެފައިވަނީ ރިޔާސީ ޓިކެޓު މައްސަލައިގާ ޕީޕީއެމްގެ ލީޑަޝިޕުން ކަންކުރީ ވަރަށް ގޯސްކޮށް ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް
