ކުލަބުމެޑް ކަނިފިނޮޅު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް މިއަދު އިރުއޮއްސި 18:20 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
މިގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗްގައި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން އެރިސޯޓަށް ދިޔައިރު އެ ރިސޯޓްގެ މުވައްޒަވުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން މިރޭ 18:50 ހާއިރު ވަނީ ނިއްވާލާފައި ކަމަށާއި މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރިސޯޓްގެ މޫދު ކޮޓަރިއެއްގައި ކަމަށެވެ. އަދި މިހާދިސާގައި އަލިފާން ރޯވި ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް