ފެކަލްޓީ އޮފް އާޓްސްގެ ޑީން އެވޯޑް ލިބުނު ހަތަރު ނޫސްވެރިން
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް ލިބިއްޖެއެވެ.
ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. މިފަދަ އެވޯޑެއް ލިބުނީ ބެޗެލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހަދަމުންދާ ހަތަރު ދަރިވަރަކަށެވެ.
އެވޯޑު ލިބުނު ފަރާތްތަކަށް ބަލައިލާއިރު، ވޮއިސްގެ ޗީފް އެޑިޓަރު ޝަފްރާޒް އަހްމަދު ހުސައިން އާއި ޕީއެސްއެމްގެ ދެ ނޫސްވެރިން ކަމަށްވާ އައިމިނަތު ޝާޒިޔާ އާއި ޝިފްނާ އަހްމަދާއި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހިމެނެއެވެ.
މިއަދު އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޑީންސް އެވޯޑު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް