ޖުޑީޝަލް ކައުންސިލުން ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން ނިންމައި، ޖަމިއްޔާ އުފެއްދުމަށް ހުށަހަޅައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، ޖުޑީޝަލް ކައުންސިލުން މި ޖަމިއްޔާއެއް އުފައްދަން ބޭނުންވާތީ، އެކަމަށް އެދި ޔޫތް މިނިސްޓްރީ އަށް ހުށަހަޅާފައި ވާނެކަމަށެވެ. މި ކަމަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހުގައި ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
މީގެ އިތުރުން ޑީޖޭއޭ އިން އިތުރަށް ބުނީ، ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދަނީ ފަނޑިޔާރުންގެ ޤާނޫނުތަކުގެ ދަށުން، ފަނޑިޔާރުންނަށް ލިބިގެންވާ ހައްގުތަކުގެ ދަށުން ކަމުގައެވެ. މި ޖަމިއްޔާގެ މަގްސަދަކީ ފަނޑިޔާރުންގެ އިމްތިޔާޒްތަކާއި، މިނިވަންކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
މީގެ އަހަރުތަކެއް ކުރިންވެސް ވަނީ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް