މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ހުޅުމާލެ ފޭސް ދޭއް ހިޔާ ފްލެޓުން މަސްތުވާތަކެއްޗާ އެކު އަންހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ނާޝިދު ވިލާ/މާލެ، ފ...

12 May 2026 | 10:49
N/A

N/A

ހުޅުމާލެ ފޭސް ދޭއް ހިޔާ ފްލެޓުން މަސްތުވާތަކެއްޗާ އެކު އަންހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ނާޝިދު ވިލާ/މާލެ، ފާޠިމަތު ޝާޙާ އިބްރާހީމް (22އ) އެވެ. އޭނާ ހައްޔަރުކުރީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނީ، މި މަހުގެ 11 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޝާޙާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 216.12 ގްރާމް ތަކެތި ފެނިފައި ވާ ކަމަށެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް