އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި އަންހެނަކު ހަ އަހަރަށް ޖަލަށް

ބްލެކްމެއިލް ކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވެ އަންހެނަކު ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގ. ސައުތު ބްރީޒް/...

12 May 2026 | 10:13
N/A

N/A

ބްލެކްމެއިލް ކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވެ އަންހެނަކު ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގ. ސައުތު ބްރީޒް/މާލެ، މަރްޔަމް ރިޔާޟާ (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ ދަށުންނެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަޙުޘްތަކަށް ބެލުމަށް ފަހު، ޖިންސީ ކުށުގެ ޤާނޫނުގެ 44 ވަނަ މާއްދާ އާއި 35 ވަނަ މާއްދާގެ ދަށުން މަރްޔަމް ރިޔާޟާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް