ރޯދަމަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު 40 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ހުރި ނަމަވެސް މިއަދު ކަރާ ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާއަށް ދަށްވެފައެވެ.
މިހާރު ކޮންމެ ދުވަހަކު ތޮއްޑޫއިން މާލެއަށް ގިނަ އަދަދެއްގެ ކަރާ ލިބެމުން ދާކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގައި ކަރާގެ އަގު އެހާ ބޮޑަށް އުފުލިގެން ދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިން ބުނެއެވެ.
މީގެއިތުރުން ބާޒާރުގައި ކުރިން މިރުހުގެ އަގު 1000ރ އިން މަތީގައި ވީނަމަވެސް މިއަދު މިއަގު ވެސް ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. މިހާރު ބާޒާރުގައި ހުރި ރާއްޖެ މިރުސް ހުރީ 100 ގްރާމް 15ރ އާއި 70ރ އާއި ދެމެދުގެ އަގަކަށެވެ.
މިއަދުގެ ބާޒާރުގެ އަގުތަކަށް ބަލާލާއިރު ޓޮމާޓޯ ކިލޯއެއް 50ރ-55ރ އަށް ހުރިއިރު ބަރަބޯ ކިލޯއެއް ހުރީ 25ރ-50ރ އަށެވެ. އަދި ކިއުކަންބާ ކިލޯއެއް 20ރ-30ރ އަށް، ލެޓިއުސް ކިލޯއެއް 120ރ އަށް، 4 ފަތުގެ ކޮޕީފަތް ބޮނޑިއެއް 10ރ އަށް ހުރިއިރު ކުއްޅަފިލާފަތް ބޮނޑިއެއް ހުރީ 10ރ-12ރ އަށެވެ. މީގެއިތުރުން ލުނބޯ ކިލޯއެއް 35ރ-40ރ އަށް ހުރި އިރު ބިސް ކޭހެއް ހުރީ 380ރ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް