ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ އޮފީސް އިމާރާތަށް ޚާއްޞަ ވެބްސައިޓެއް އިފްތިތާޙުކޮށްފި

ދ. ކުޑަހުވަދޫގައި ދީނީ، އިޖުތިމާޢީ އަދި ޢިލްމީ ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް) އިން އަޅާ އައު އޮފީސް ޢިމާރާތުގެ މަސައްކަތަށް ޚާއްޞަ ވެބްސައިޓެއް އިފ...

12 Apr 2026 | 18:16
N/A

N/A

ދ. ކުޑަހުވަދޫގައި ދީނީ، އިޖުތިމާޢީ އަދި ޢިލްމީ ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް) އިން އަޅާ އައު އޮފީސް ޢިމާރާތުގެ މަސައްކަތަށް ޚާއްޞަ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ.

މި ވެބްސައިޓު އިފްތިތާޙު ކޮށްދެއްވާފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) ގެ ޗެއާމަން އަޙްމަދު އިޤްބާލް އަދި ޑިރެކްޓަރު އަޒުހަދު އަޙްމަދެވެ. މި ވެބްސައިޓުގެ ބޭނުމަކީ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް އާންމުންނަށް ދެއްކުމާއި، މި ޚައިރާތު މަސައްކަތުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކުޑަހުވަދޫ ކައުންސިލުން ޖަމްޢިއްޔާތަކަށް ދޫކުރާ ބިންތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ލިބުނު ބިމުގައި ބިނާކުރާ މި ޢިމާރާތަކީ ދެ ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތް ފަރުމާކޮށްފައިވަނީ ޒަމާނީ ދެ ކުލާސް ރޫމަކާއި، ސްޓޫޑިއޯއެއްގެ އިތުރުން އިދާރީ މަސައްކަތްތަކާއި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމުތަކާ އެކުގައެވެ.

މިއީ "ޞަދަޤަ ޖާރިއާ" އެއްގެ ގޮތުގައި ކުރިއަށްގެންދާ ވަޤުފް މަޝްރޫޢެކެވެ. މި މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލައިފައެވެ. އެގޮތުން އަކަފޫޓަކަށް 1,320 ރުފިޔާ އިންވެސްޓް ކުރެވޭ އިރު، އެއަށްވުރެ މަދުން ވެސް ޞަދަޤާތްކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ޔޫ.އައި.އެސް އިން ބުނީ މި އައު އޮފީސް ޢިމާރާތުގެ ސަބަބުން ކުޑަހުވަދޫގައި އެ ޖަމްޢިއްޔާއިން ކުރަމުން އަންނަ ދީނީ އަދި އިޖުތިމާޢީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ވެބްސައިޓްގެ ލިންކް: 
https://www.unitedislamicsociety.org/waqf

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް