އިޙްޔާ ފޯރަމުން އިނާމަކަށް އެދި 10 އަހަރުގެ ދަރިފުޅު ކުރި ދުޢާ އިޖާބަ ކުރެއްވީ ޢުމްރާ ދަތުރަކުން !

ރަމަޟާން މަހު ރ. މީދޫގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި 10 އަހަރުގެ ފިރިހެން ކުއްޖަކު އިނާމެއް ލިބޭތޯ ދުޢާ ކުރަމުން ގޮސް، މުޅި ފޯރަމުގެ އެންމެ އަގުބޮޑު އިނާމު ކަމަށްވާ ޢުމްރާ ދަތުރު އެ ކުއްޖ...

12 Mar 2026 | 08:29
N/A

N/A

ރަމަޟާން މަހު ރ. މީދޫގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި

ބައިވެރިވި 10 އަހަރުގެ ފިރިހެން ކުއްޖަކު އިނާމެއް ލިބޭތޯ ދުޢާ ކުރަމުން ގޮސް، މުޅި

ފޯރަމުގެ އެންމެ އަގުބޮޑު އިނާމު ކަމަށްވާ ޢުމްރާ ދަތުރު އެ ކުއްޖާއަށް ލިބިއްޖެއެވެ.

އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ހިއްސާކޮށް، "ދުވަސް" އަށް ކިޔައިދިން ގޮތުގައި

އެ އުފާވެރި ޚަބަރު ލިބުމާ އެކު މަންމައާއި ދަރިފުޅު އެކުގައި ޝުކުރުގެ ސަޖިދަ ކުރިއެވެ.

އެ މަންމަ ކިޔައިދީފައިވާ ގޮތުގައި ފުރަތަމަ ރޭ އިޙްޔާ

ފޯރަމް ނިންމާފައި ދަރިފުޅު ގެއަށް އައީ ދެރަވެފައެވެ. "ނުލިބުނު އެއްވެސް އެއްޗެއް!" ދަރިފުޅު ބުންޏެވެ. އެ ހިސާބުން ދެވަނަ ރޭ އެ މަންމަ ދަރިފުޅު ގާތު ބުނީ އިނާމެއް

ލިބޭތޯ ﷲ އަށް ދުޢާ ކުރުމަށެވެ. އަދި ދުޢާ ކޮށްފައި އިނާމު ލިބޭނެ ކަމަށް ހިތުން ޔަޤީން

ކުރުމަށެވެ. އެ މަންމަ ވެސް ކޮންމެ ރެއަކު ދުޢާ ކުރަމުން ދިޔައެވެ. "ޔާ ﷲ! މިއަޅާގެ

ދަރިފުޅަށް އެތަނުން ހަދިޔާއެއް ލިބޭނެ ގޮތް މިންވަރު ކުރައްވާށި!" މިއީ އެ މަންމަ

ކުރި ދުޢާއެވެ. އަދި އެކަމަށް އެދި އިސްތިޣްފާރު ވެސް ކުރި ކަމަށް ބުންޏެވެ.

ކޮންމެ ފޯރަމެއް ނިމިގެން ދަރިފުޅު ގެއަށް އައިސް އިނާމު

ލިބުނު ކުދިންގެ ނަންތައް ކިޔައިދެމުން ދިޔައެވެ. ނަމަވެސް އެ ދަރިފުޅަށް ލިބޭ ފަހަރެއް

ނާދެއެވެ. އެކަމަކު ވެސް މަންމަ ދުޢާ ހުއްޓައެއް ނުލައެވެ. އެންމެ ފަހުން މުޅި އިޙްޔާ

ފޯރަމުގެ އެންމެ ލޮބުވެތި އަދި އެންމެ އަގުބޮޑު އިނާމު އެ ދަރިފުޅަށް ލިބުނެވެ. އެއީ

ﷲ ގެ ގެކޮޅަށް ޒިޔާރަތް ކުރުމުގެ ފުރުޞަތެވެ.

އެ މަންމަ ބުނީ މިއީ ދުޢާގެ މަތިވެރިކަމާއި ބާރު ހާމަވެގެން

ދިޔަ ޙާދިސާއެއް ކަމަށެވެ. އަދި އަބަދުމެ އަމިއްލަ ނަފްސަށާއި ދަރީންނަށް ހެޔޮ ގޮތްވުން

އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމަށް އެ މަންމަ ނަސޭހަތްތެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް