މިއަދު ދިވެހިން ސިއްސުވާލި ހަބަރަކަށް ވެގެންދިޔައީ މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިއަރު ފެއިލްވެ ރަންވޭގައި ނުޖެއްސިގެން އުޅުނު ހަބަރެވެ.
ނޭވާ ހިފަހައްޓާލައިގެން ނޫސްވެރިންވެސް، ސައްހަ މައުލޫމާތު ހޯދަން މޯލްޑިވިއަން އަށް ގުޅަމުންދިޔަ ނަމަވެސް ސައްހަ މައުލޫމާތު ލިބޭވަރުވީ ބޯޓު ރައްކާތެރި ކަމާއެކު ލޭންޑު ކުރި ފަހުންނެވެ.
https://twitter.com/MaldivianAero/status/1105403257340465152
މީޑިއާތަކަށް މައުލޫމާތުދެެއްވަމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ލޭންޑިން ގިއަރު މައްސަލަ ޖެހުނު ނަމަވެސް އަލްޓަނޭޓިވެއްގެ ދަށުން ލޭންޑު ކުރީ ކަމަށެވެ. މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި ޖުމްލަ 44 މީހުންނާއި ކުޑަކުއްޖަކާއެކު ދަތުރުކުރި ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ލޭންޑު ނުކުރެވި އެއް ގަޑިިއިރާއި 20 މިނެޓު ހޭދަކުރުމަށްފަހުގައެވެ.
https://twitter.com/MaldivianAero/status/1105401185962319873
އެ ފްލައިޓްގެ ޕައިލަޓަކަށް ހުރީ ލ. ފޮނަދުއަށް އުފަން، މޯލްޑިވިއަންގެ ކެޕްޓަން އަބްދުލްބާސިތު އިބްރާހީމް (ބާއްކޮ) އެވެ. ފަސްޓް އޮފިސަރަކަށް ހުރީ ރިމާހު ރުޝްދީއެވެ. އަދި ފްލައިޓްގެ އިންފްލައިޓް ސުޕަވައިޒަރަކަށް ހުރީ ހަސްނާ މުހައްމަދެވެ. ކްރޫގެ ފޮޓޯ ސޯޝަލް މީޑިއާގައި މޯލްޑިވިއަން އިން އާންމު ކުރުމާއެކު ފްލަަައިޓްގެ ކްރޫންނަށް އަަންނަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.
ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ކެޕްޓަނަށާއި ފަސްޓް އޮފިސަރު އަދި ކްރޫ ދެއްކެވި ހިތްވަރަށާއި ގައުމަށް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރަމުންނެެވެ. ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުކުރުވެރިކަމުގެ ޝުއޫރު ފާޅުކުރަަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް