ޕޮލިސް އޮޕަރޭޝަނަލް ޔުނިފޯމަށް ބަދަލުތަކެއް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފިއެވެ. އަލަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި އޮޕަރޭޝަނަލް ޔުނީފޯމުގައި ބޭނުންކުރާނީ އަތްދިގު ކޮންބެޓް ގަމީހެކެވެ. މި ގަމީހުގެ ކުރިމަތީގަ...

12 Mar 2019 | 04:36

ފުލުހުންގެ އޮޕަރޭޝަނަލް ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފިއެވެ.

އަލަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި އޮޕަރޭޝަނަލް ޔުނީފޯމުގައި ބޭނުންކުރާނީ އަތްދިގު ކޮންބެޓް ގަމީހެކެވެ. މި ގަމީހުގެ ކުރިމަތީގައި ދެޖީބު ލައިފައި ހުންނަންވާނެކަމަށާއި ޖީބު ހުންނަންވާނީ ހުޅުވޭގޮތަށް ވެލްކުރޯއާ އެކުގައި މަތިއަޅައިފައި ކަމަށް ޤަވައިދު ބުނެއެވެ. ގަމީހުގައި ގޮށުގެ ބަދަލުގައި ހުންނަންވާނީ ޒިޕް ހަރުކޮށް ޒިޕް ފޮރުވޭނެހެން ވެލްކުރޯއިން ދެފަޅި ތަތްކުރެވޭގޮތަށެވެ. ގަމީހުގެ ގިރުވާން ހުންނަންވާނީ ގޯޖެޓް ޕެޗް ހަރުކުރެވޭ ގޮތަށެވެ. އަދި އަތުކުރީގެ ބަކަލް ހުންނަންވާނީ ވެލްކޮރޯއިން ތަތްކުރެވޭގޮތަށެވެ.

މި ޔުނީފޯމު އާންމުކޮށް ބޭނުންކުރާއިރު ހުންނަންވާނީ ގިރުވާން ދެފަރާތަށް ހުޅުވައިލެވިފައި ކަމަށާއި ނަމަވެސް އޮޕަރޭޝަން ހާލަތުގައި ނުވަތަ މި ޔުނީފޯމާއެކުގައި ރަޔަޓް ގިޔަރ ބޭނުން ކުރާއިރު ގިރުވާން ހުންނަންވާނީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދެ ގިރުވާން އެއްކޮށް ލޮކްކޮށްފައި ކަމަށް ޤަވައިދު ބުނެއެވެ.

އޮޕަރޭޝަނަލް ޔުނީފޯމާއި އެކު ބޭނުންކުރާ ކެޕަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އޮޕަރޭޝަނަލް ޔުނީފޯމުގައި ބޭނުންކުރާނީ، މި ޔުނީފޯމު ފަހައިފައިވާ ފޮތީގެ ފީލްޑްކެޕެކެވެ. މި ޔުނީފޯމުގައި ބޭނުންކުރާނީ ބޭސްބޯލް ކެޕެވެ. އޮފިސަރެއްނަމަ، ބޭސްބޯލް ކެޕްގެ ހެޑްގިޔަރ ރިތުގައި ހުންނަންވާނީ އެ ފުލުހެއްގެ ރޭންކާ ގުޅޭ ގޮތަށް ރިތު އަޅައިފައި ކަމަށާއި ކެޕްގައި ބެޖް ހުންނަންވާނީ ވެލްކްރޯއިން ތަތްކުރެވޭ ގޮތަށް ކަމަށް ޤަވައިދު ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް