މާލޭ ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ހުޅުމާލެއާ މާލެއާ ދެމެދު ބަސް ދަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އާ ސަރަހައްދަކުން ހުޅުމާލެއަށް ބަސް ދަތުރުގެ ހިދުމަތް ފެށީ ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުގެ ހިދުމަތް ފުޅާކުރުމަށް ކަމަށެވެ. ކާނިވާ ސަރަހައްދުން ބަސް ދަތުރުތައް ފެށީ އިއްޔެ އެވެ.
އަލަށް ފެށި މި ރޫޫޓުން މާލޭގެ ސެ ސަރަހައްދަކުން މީހުންނަށް ބަހަށް އެރޭއިރު ހުޅުމާލޭ ދެ ސަރަހައްދަކަށް މަޑު ކުރާނެ އެވެ. އެއީ މާލެއިން ކާނިވާ ސަރަހައްދާއި ހެންވޭރު ވޮލީ ކޯޓުގައި ކައިރީ ހަދާފައިވާ ބަސް ސްޓޮޕެވެ. ހުޅުމާލޭ ރެޑްވޭވް، އަސުރުމާ މަގާއި ސެންޓްރޯ މޯލް ކައިރީގައި ހުންނަ ބަސް ސްޓޮޕެވެ.
އެމްޕީއެލްގެ ބަސް ދަތުރުތައް މީގެ ކުރިން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް