ދަނޑުވެރިކަމަށް އެތެރެކުރާ ތެކެތިން ޑިއުޓީ ކަނޑާލަން ނިންމައިފި

ދަނޑުވެރި ކަމުގެ ބޭނުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފި އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. މި އިސްލާހުގައި ބުނެފައި...

11 Dec 2018 | 09:42

ދަނޑުވެރި ކަމުގެ ބޭނުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. މި އިސްލާހުގައި ބުނެފައިވަނީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހާ ތަކެއްޗަކީ އިމްޕޯޓު ޑިއުޓީ ނަގަން ނުޖެހޭ އެއްޗިހީގެ ގޮތުގައި ހެދުމަށެވެ.

ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީން މިހާރު ނަގަނީ 10 ޕަސެންޓްގެ ޑިއުޓީއެކެވެ.

ދިވެހި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މި އިސްލާހު ގެނައުމަށް ނިންމާފައިވާއިރު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނީ އެ އިސްލާހު ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. މިއަދު މަޖިލީހުގައި ކޮމިޓީން ނިންމި ރިޕޯޓަށް ވޯޓަށް އެހުމުން 56 މެމްބަރުން ވަނީ ފާސް ކުރަން ވޯޓު ދީފަ އެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ އެއްޗިހިން އިމްޕޯޓު ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙުގެ އިންތިހާބީ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް