ޑީސަލުން ޑިއުޓީ ކަޑާލާ ބިލް މަޖިލީހަށް ބަލައިގެންފި

ދިވެހި މަސްވެރިންގެ ހަރަދުތައް ކުޑަކޮށްދީ، މަސްވެރިން ކުރާ މުއާމަލާތްތައް ފަސޭހަ ކޮށްދިނުމަށާއި އާއްމު ކަރަންޓު ޚިދުމަތަށް ބޭނުންކުރާ ޑީސަލުން ނަގާ ޑިއުޓީ  ކަނޑާލުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހ...

11 Dec 2018 | 09:23

ދިވެހި މަސްވެރިންގެ ހަރަދުތައް ކުޑަކޮށްދީ، މަސްވެރިން ކުރާ މުއާމަލާތްތައް ފަސޭހަ ކޮށްދިނުމަށާއި އާއްމު ކަރަންޓު ޚިދުމަތަށް ބޭނުންކުރާ ޑީސަލުން ނަގާ ޑިއުޓީ  ކަނޑާލުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 56 މެންބަރުންނެވެ.

މަސްވެރިން ކުރާ ޚަރަދުތައް ލުއިކޮށްދީ މަސްވެރިކަމުން ކުރާ މަންފާ އިތުރު ކުރުމަށް ޑީސަލުން ނަގާ ޑިއުޓި މާފު ކޮށްދިނުމަށް މި ބިލްމަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަދި އާއްމުންނަށް ދޭ ކަރަންޓަށް ބޭނުންކުރާ ޑީސަލް އިންވެސް ޑިއުޓީކަނޑާލުމަށް މި ބިލްގައިހިމެނާފަ ވެއެވެ.

ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް