މާލެ ސިޓީގައި ސުވިމްޕޫލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާތީ މިކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ސިޓީކައުންސިލުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު ގެ ފަރާތުން ސުވިމިން ޕޫލް އެޅުމަށް ޚިޔާލު ހޯދަން އެދިފައިވާތީ، މާލޭ ސިޓީ ކައުންސިލުންވަނީ އެކަން ވަނީ ފަށާފައެވެ.
މާލޭ ސިޓީ ކައުންސިލުން ނެެރެފައިވާ އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ސުވިމިން ޕޫލުގެ އިތުރުން މާލޭ އެކި ސަަރަހައްދުތަކުގައި ކަސްރަތުކުރުމަށް ޖިމް އެކުއިޕްމަންޓު ބެހެއްޓުމަށްވެސް ޔޫތް މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ކޮންމެ ހަފްތާއަކު ވީކެންޑު މާކެޓެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.
މި ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހޯދާ މަޝްވަރާ ކުރުމަށް އަންނަ ބުދަ ދުވަހުގެ ރޭ 20:30 ގައި އިސްކަންދަރު ސްކޫލު ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް