ޅ. ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
މީރާއިން ހާމަ ކޮށްފައިވާ ގޮތުގައި ނައިފަރު ކަލެކްޝަން ސެންޓަރުގެ ސަބަބުން ނައިފަރާއި ޅ.އަތޮޅުގައި ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ޚިދުމަތް ފަސޭހަކަމާއެކު ގާތުން ލިބޭނޭ މަގު ފަހިވެގެން ދާނެއެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ އިމާރާތުގައި ގާއިމްކުރެވިފައިވާ މި އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެއެވެ.
އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައި ވާނެކަމަށް މީރާއިން ބުނެއެވެ.
މީރާގެ އޮފީސްތައް 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް