ޕެންޝަން ސްކީމުން ހައްޖަށް ދެވޭގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް ދެވޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށައިފި އެވެ. ޕެންޝަން ސްކީމަކުން ހައްޖަށް ދެވޭ ގޮތް ހެދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވައުދުވެވ...

11 Dec 2018 | 06:12

ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް ދެވޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށައިފި އެވެ.

ޕެންޝަން ސްކީމަކުން ހައްޖަށް ދެވޭ ގޮތް ހެދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވައުދުވެވަޑައިގެންފައިވެއެވެ. ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން މި އިސްލާހު ހުށަހަޅާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ދެ އިސްލާހެއް އަސްލަމް ހުށަހަޅާފައިވެއެވެ. އެއް ކަމެއްގެ ގޮތުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޕެންޝަން ސްކީމް މެދުވެރިކޮށް ފައިސާ ހަމަޖެއްސުމާއި، އަސާސީ ޕެންޝަންގެ އަދަދު 5000 ރުފިޔާ އަށް ބޮޑުކުރުމަށެވެ.

"ހައްޖުގެ މަތިވެރި އަޅުކަން ކުރަން އެންމެން ބޭނުންވޭ، އެމީހެއް މަސައްކަތް ކުރާ ފައިސާ ސޭވްކޮށްގެން ސްކީމެއްގެ ދަށުން ކުރިޔަށް ދެވެންޏާ އެއީ މުހިންމު ކަމެއް، މިއީ ރައީސް ސޯލިހުގެ ވައުދުފުޅެއް ވެސް މެ،" އަސްލަމް ވިދާޅުވި އެވެ.

ޕެންޝަނާ ބެހޭ ގާނޫނުގައި މިހާރު ހިމެނިފައި އޮތީ 2000 ރުފިޔާއެވެ. ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 5000 ރުފިޔާ ދޭން ފަށައިފަ އެވެ. ނަމަވެސް އެ އަދަދު ވަނީ ގާނޫނުގައި ނުހިމަނަ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރިޓަޔާ ކުރާ ފަރާތްތަކަށް އެއްފަހަރާ ގަނޑުކޮށް ފައިސާ ދިނުމަށް މަސައްކަތް ކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް