ފޮެރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޑރ. މުހައްމަދު އާސިމު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
ފޮރިން މިނިސްޓްރީން މި މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީން މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށްބުނެ ލިޔެކިއުންތައް ފޮނުވުމަށް އެދުމުން އެތަކެތި ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮމިޓީއަށް މައްސަލަ ހުށަހެޅިފައި ވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ.
މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހު މީޑިއާ އަށް ހާމަ ކުރައްވާފައިވަނީ ކޮމިޓީއިން މައްސަލަ ބަލާ، ރިޕޯޓް ލިބުމުން ދެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާބެހޭގޮތުން ފޮރިން މިނިސްޓްރީގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ހޭލުންތެރިކަމުގެ ގިނަ ޕްރޮގްރާމްތަކެއް މިނިސްޓްރީން ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން އަލަށް ވަންނަ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހިންގާ ހާއްސަ އޮރިއެންޓޭޝަން ޕްރޮގްރާމާއި މިނިސްޓްރީގެ ފޮރިން ސަރވިސް އިންސްޓިޓިއުޓުން ހިންގާ ޕޮރޮގްރާމްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް