ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިން ބޭފުޅަކު އިއްޔެ އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމުގެ ނައިބުގެ މަގާމަށް މއ.އަމީނީވިލާ، ޑޮކްޓަރ ނައުޝާދު މުޙައްމަދާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބުގެ މަގާމަށް ސ.ހިތަދޫ، ކޯޒްވޭވިލާ ހިދާޔާ ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް ދ.މާއެނބޫދޫ، މޫރިތި ޢަބްދުﷲ ހުމައިދެވެ.
ވަޒީރުންގެ ނައިބުންގެ ފެންވަރުގައި އިއްޔެ ތިން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 29 ބޭފުޅަކު އަދި ވަޒީރުންގެ ނައިބުން ފެންވަރުގައި ހަ ބޭފުޅަކު މިހާތަނަށް އައްޔަން ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް