ފޮޓޯއިން އެ ފެންނަ، އުމުރުން 26 އަހަރުގެ ޒުވާނާ ޗައިނާގައި މަޝްހޫރުވެފައި އޮންނަނީ ބިރު ކުޑަ މީހެއްގެ ގޮތުގަ އެވެ. އުސް ތަންތަނަށް އަރައި އެތަންތާނގައި ހުރެ ވީޑިއޯ ލައިވް ކުރެ އެވެ. އަދި ސެލްފީ ނަގާ ހަދަ އެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި މީނާގެ ދެ ލައްކައަށް ވުރެ ގިނަ ފޭނުން ތިބެ އެވެ. އޭނާގެ ޕޯސްޓެއް އޭނާގެ ވެއިބޯ ޕޭޖަށް އެންމެ ފަހުން އަޕްލޯޑް ކޮށްފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ވެފައެއް ނުވެ އެވެ.
ނަމަވެސް ވެއިބޯގައި އިއްޔެ އާންމު ވީޑިއޯއަކުން ފެންނަ ގޮތުގައި އޭނާ އުސް އިމާރާތެއްގެ މަތިން ވީޑިއޯ ކުރަން އުޅުމުގެ ތެރޭގައި އަތް ކައްސާލައިގެން ވެއްޓެނީ އެވެ. މި ވީޑިއޯ ދައުރުވުމާއެކު އޭނާއަށް ވީގޮތް ހާމަކުރީ އޭނާގެ ލޯބިވެރިޔާ އެވެ.
އޭނާގެ ލޯބިވެރިޔާ ބުނެފައިވާގޮތުގައި އެ ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓި މަރުވީ އެވެ.
https://www.youtube.com/watch?v=HY4DHWZcxSI
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް