ފަތާފައި މެލޭޝިޔާއިން ސިންގަޕޫރަށް ދިޔަ ތިން މީހަކު ހައްޔަރު ކޮށްފި

ފަތާފައި މެލޭޝިޔާއިން ސިންގަޕޫރަށް ދިޔަ ތިން ޒުވާނަކު ސިންގަޕޫރު ފުލުހުން ހައްޔަރު ކޮށްފި އެވެ. މި ތިން ޒުވާނުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެވެ. ސިންގަޕޫރު ފުލުހުން ބ...

11 Dec 2017 | 10:27

ފަތާފައި މެލޭޝިޔާއިން ސިންގަޕޫރަށް ދިޔަ ތިން ޒުވާނަކު ސިންގަޕޫރު ފުލުހުން ހައްޔަރު ކޮށްފި އެވެ.

މި ތިން ޒުވާނުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެވެ.

ސިންގަޕޫރު ފުލުހުން ބުނެފައިވަނީ ސިންގަޕޫރާއި ދިމާއަށް ފަތާފައިދަނިކޮށް ސިންގަޕޫރުގެ ކޯސްޓްގާޑަށް މި މީހުން ފެނުނީ ރޭގަނޑު 10:58 ހާއިރު ކަމަށެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ އެރޭ 11:22 ގައި ކަމަށްވެސް ބުނެފައި ވެ އެވެ.

ސިންގަޕޫރުގެ ގާނޫނު ބުނާގޮތުން މި ތިން މީހުންނަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް