މީރާއަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް މީހެއްގެ މައްޗަށް ހުކުމް ކޮށްފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން މީހެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. މީރާއިން ބުނެފައިވާގޮތުގައި ޖީއެސްޓީއާއި އެއާއ...

11 Dec 2017 | 08:40

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން މީހެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މީރާއިން ބުނެފައިވާގޮތުގައި ޖީއެސްޓީއާއި އެއާއިގުޅޭ ޖޫރިމަނާ ގޮތުގައި ހުކުމް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވަނީ ރ. ރަސްގެތީމް ފީރޯޒްގެ އިބްރާހީމް ޝަރީފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 400,336ރ (ހަތަރު ލައްކަ ތިން ސަތޭކަ ތިރީސް ހައެއް ރުފިޔާ) 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް