ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުން ޑޭވް އިސްތިއުފާ ދެއްވައިފި

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި އަހުމަދު ނަޝީދު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އެކަން އޭނާ އިއުލާނު ކުރައްވާފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނަމުގައި ހިން...

11 Dec 2017 | 08:13

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި އަހުމަދު ނަޝީދު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެކަން އޭނާ އިއުލާނު ކުރައްވާފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ އެކައުންޓްގައި އެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީއަށް ފޯނުން ގުޅާލުމުން ޖަވާބެއް ނުދެއްވަ އެވެ. ވައިބާއިން މެސެޖު ކޮށްލުމުން ސީން ކުރުމަށްފަހުގައިވެސް ޖަވާބެއް ނުދެއްވަ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަހްމަދު ނަޝީދު ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ މިވަގުތު އަމިއްލަ ދިރިއުޅުމުގައި ކަންކަން ހުރި ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް