ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމާއެކު ފަލަސްތީނުގެ މަސްރަހު ގޯސްވެފައިވާއިރު މި އަހަރުގެ ތިން ހަރަމް އުމްރާގައި، ފަލަސްތީނުގެ މަސްޖުދުލްއަގްސާއަށް ނުދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން މި ނިންމުން މިގޮތަށް ނިންމާފައިވާއިރު އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ އެކަމަށް އިލްތިމާސް ކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ނިންމުން ހާމަކޮށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އިލްތިމާސާ އެއްގޮތަށް، "ކަލްޗަރަލް ޓުއާ" ފަލަސްތީނު ނުހިމަނާ ކުރާގޮތަށް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާކަމަށެވެ.
ތިން ހަރަމް އުމްރާ އަކީ މަސްޖިދުލްއަގްސާގެ އިތުރުން މައްކާގައި ހުންނަ މަސްޖިދުލް ހަރަމާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރާ އުމްރާ އެކެވެ.
މި އުމްރާއަށް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިދިޔަ މަހުގެ 30 ގައި ބަޔަކު ބަޔަކު ވަނީ ފުރާފަ އެވެ. އެ އުމްރާވެރިން މިހާރު ތިބީ ޖިއްދާގައި ކަމަށާއި ޖިއްދާއިން އުރުދުން އަށް ދިއުމަށް މިއަދު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް