ކުޅުދުއްފުއްޓާއި ހުރާގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުއްޓާއި ކ. ހުރާގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުގަ...

11 Dec 2017 | 06:44

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުއްޓާއި ކ. ހުރާގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މި ޓްރެފިކް އޮޕަރޭޝަންތަކަކީ ރަށްރަށުގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންގައި ރަށްތަށުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް އުޅަނދުތަކުގެ އަހަރީފީ އާއި އިންސްއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓީކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކޮށްފައިވެއެވެ.

އެގޮތުން ހިންގި މިއޮޕަރޭޝަންތަކުގައިހދ.ކުޅުދުއްފުށީގައި ދުއްވާ 44 އުޅަނދާއި ކ.ހުރާގައި ދުއްވާ 25 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 6 ފަރަތަކާމެދު ފިޔަވަޅު އަޅާފައިވާކަމުގައި ފުލުހުން ހާމަކޮށްފައި ވެ އެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް